Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ރައީސް ޔާމީނަށް ރައްޔިތުން ނުރުހެނީ އުޅެވޭ ގޮތުން: ރޮޒޭ

ދިވެހިރާއްޖޭގެ ރައްޔިތުން ރައީސް އަބްދުﷲ ޔާމީން އަށް ނުރުހެނީ އެމަނިކުފާނު އަމިއްލައަށް އުޅުއްވާ ގޮތުން ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުން ދޫކޮށްލި އިރު ކްރިމިނަލް ކޯޓުން ކުރި ބޮޑެތި ޝަރުތުތަކާ އެކު، އިދިކޮޅު ކޯލިޝަންގެ ޖަލްސާތައް ބާއްވަމުން އަންނަ މ. ކުނޫޒްގައި ބާއްވާ ސިޔާސީ ހަރަކާތް ހުއްޓިފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

" ރައީސް ޔާމީނަށް ރައްޔިތުން ނުރުހެނީ ކުނޫޒްގައި އޮންނަ ޖަލްސާއެއްގެ ސަބަބުންނެއް ނޫން. އަމިއްލަފުޅަށް އުޅުއްވޭ ގޮތުން."

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަށް ރައްޔިތުން ނުރުހެނީ ކުނޫޒްގައި އޮންނަ ޖަލްސާއެއްގެ ސަބަބުން ނޫން ކަމަށާއި އަދި ކުނޫޒް ހުއްޓުވުމުން ރައްޔިތުންގެ ނުރުހުން އިތުރުވެގެންދާނެ ކަމަށެވެ.

ކުނޫޒުގައި ޖަލްސާތައް ނުބޭއްވޭތީ، އިދިކޮޅު ފަރާތަކުގެ ޖަލްސާތައް މިހާރު ވަނީ އެމްޑީޕީ ހަރުގެއަށް ބަދަލުކޮށްފައެވެ.