Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ލަހެއް ނުވެ އެމްޑީޕީ ކައުންސިލަރުން ސަރުކާރާ ގުޅޭނެ: ނިހާން

ސީދާ އެމްޑީޕީ ކައުންސިލަރުންވެސް ލަހެއް ނުވެ ސަރުކާރާއި ގުޅޭނެކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްﷲ އިރާދަ ކުރެއްވިއްޔާ ސީދާ އެމްޑީޕީ ކައުންސިލަރުން ވެސް ސަރުކާރާ ގުޅޭނެކަމަށެވެ.

ނިހާން ވިދާޅުވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކައުންސިލަށް ހޮވުނު ފަރާތްތައްވެސް ވަރަށް އަވަހަށް ޕީޕީއެމް އާއި ގުޅޭނެކަމަށެވެ.

ޓްވިޓާގައި އެކި މީހުން "ގުއި ރޯނުގައި ޖައްސަވަމުން" ނިހާން ވިދާޅުވީ ކައުންސިލް އިންތިހާބަކީ ސެމީ ފައިނަލް މެޗެއް ކަމަށާއި ފައިނަލްގައި 2018 ވަނަ އަހަރު ކުޅޭނީ ޕީޕީއެމް އާއި އެމްޑީޕީކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބްގައި އެމްޑީޕީން ވަނީ 294 ގޮޑި ކާމިޔާބްކޮށްފައެވެ. ޕީޕީއެމްއަށް ލިބުނީ 201 ގޮޑިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ނިހާން ގެންދަވަނީ ތަފާތު ޓްވީޓްތައް ކުރައްވަމުންނެވެ. އޭގެ އިތުރުން އިންތިހާބަށްފަހު ޕީޕީއެމް އިން ބޭއްވި ފުރަތަމަ ޖަލްސާގައި ނިހާން ވަނީ އެމްޑީޕީއަށް ވެރިކަމަށް ނާދެވޭނެހެން ދުއާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.