Last Updated: June 24, 00:19
Tuesday, June 23, 2026
ކުޅިވަރު

ވެސްޓް ބްރޮމް ބަލިކޮށް ޗެލްސީ ލީގް ކަށަވަރުކޮށްފި

ވެސްޓް ބްރޮމްގެ މައްޗަށް ބަލިކޮށް ޗެލްސީ މިސީޒަނުގެ ޕްރިމިއާ ލީގު ތަށި ކަށަވަރުކޮށްފިއެވެ.

ބާކީ ދެމެޗު ކުޅެން އޮތް ނަމަވެސް ޗެލްސީ ވަނީ ރޭގެ މެޗު ކާމިޔާބުކޮށް 87 ޕޮއިންޓު ހޯދާފައެވެ. މިއީ މިސީޒަނުގައި ޗެލްސީއަށް ލިބުނު 28 ވަނަ މޮޅެވެ.

ތަށި ހޯދުމަށް ރޭގެ މެޗަށް ޗެލްސީ ނިކުމެފައިވާއިރު ވެސްޓް ބްރޮމް ނިކުތީ ޗެލްސީގެ ކާމިޔާބީތައް އެއް މެޗަށް ލަސްކުރުމުގެ ނިޔަތުގައެވެ. ޑިފެންސިވް ރަނގަޅު ގޭމެއް ވެސްޓް ބްރޮމް އިން ކުޅެފައިވާއިރު ޗެލްސީއިން ލަނޑު ޖަހާފައިވަނީ މެޗުގެ 82 ވަނަ މިނެޓުގައެވެ.

ޒުވާން ފޯވާޑް، ބަޓްޝުއޭ މެޗުގެ ފަހު ވަގުތު ޖަހާދިން ލަނޑާއެކު ޗެލްސީ ވަނީ ޕްރިމިއާ ލީގު 5 ވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ.