Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އައިޑޮލްގެ ބައިވެރިޔަކަށް ތާއީދުކޮށް ފޮރިން މިނިސްޓްރީން ޓްވީޓުކޮށްފި

ޕީއެސްއެމް އިން ބާއްވަމުން އަންނަ ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ ޝޯއެއް ރޭގައި ކުރިއަށް ދަނިކޮށް ބައިވެރިޔަކަށް ތާއީދުކޮށް ފޮރިން މިނިސްޓްރީގެ ޓުވީޓާ އެކައުންޓުން ޓުވީޓެއްކޮށްފިއެވެ.

ފޮރިން މިނިސްޓްރީ އިން ކުރި ޓުވީޓުގައި ތާއީދުކޮށްފައިވަނީ އައިޑޮލްގެ ގަދަ 3 އަށް ދަތުރުކޮށްފައިވާ މުހައްމަދު ތަސްނީމް(ބޮބް) އަށެވެ. ނަމަވެސް އިރުކޮޅެއް ފަހުން ޓުވީޓު ވަނީ ނަގައިފަ އެވެ.

ފޮރިން މިނިސްޓްރީ ޓުވީޓާއިން ކުރި ޓުވީޓުގައި ބުނެފައި ވަނީ ބޮބް ހުށަހަޅައި ދިނީ އައިޑޮލް ހައްގު ހުށައެޅުމެއް ކަމަށެވެ. އަދި ވަރަށް ވަރަށް ވަރަށް ފުރިހަމަ ކަމަށާއި ތިއީ އައިޑޮލް ކަމަށްވެސް މިޓުވީޓުގައި ތަސްނީމްއަށް ނިސްބަތްކޮށް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީއިން މިފަދަ ޓުވީޓެއް ކުރީ ކޮން ބައެއް ކަމެއް އަދި ނޭނގެއެވެ.

އެއީ ފޮރިން މިނިސްޓްރީގެ ޓުވީޓާ ހެކް ކޮށްގެން ކުރި ޓުވީޓެއް ކަމެއް ނުވަތަ ޓުވީޓާ ބޭނުން ކުރާ މިނިސްޓްރީގެ މީހަކަށް އޮޅިގެން ވެވުނު ޓުވީޓެއް ކަމެއް އެނގިފައިނުވެއެވެ.