Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ޒައިދުގެ މައްސަލާގައި އަލީ ހަމީދު ކޯޓަށް ހާޒިރު ނުކުރަން ނިންމައިފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުމުގެ ތުހުމަތުގައި މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތަށް ސްޕްރީޑްގެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހާޒިރު ނުކުރަން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރަން ނިންމާފައިވަނީ މި ޝަރީއަތުގެ މައުލޫމާތު މީޑިއާއަށް ލީކްވަމުންދާތީ އެވެ.

ޒައިދުލް އަމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތިން ދައުވާއާއި ގުޅިގެން ރޭ އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ތިން ހެކިންގެ ހެކި ބަސް ނެގުމެވެ. އޭގެތެރޭގައި ހިމެނެނީ ސިއްރު ދެ ހެއްކަކާއި ފަނޑިޔާރު އަލީ ހަމީދެވެ.

ޒައިދުގެ ޒައިދުގެ މައްޗަށް ފުރަތަމަ ދައުވާ އުފުލާފައިވަނީ ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުނު ކަމުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައިވަނީ ފަނޑިޔާރަކު ދެއްކި ވާހަކަ ރެކޯޑުކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާތިއެވެ.

ދެވަނަ ދައުވާކޮށްފައިވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދި މައްސަލާގައެވެ. އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދިރިއުޅޭ އެޕާޓުމެންޓަށް ގޮސް އެ ފަނޑިޔާރު ދެއްކި ވާހަކަތައް ސިއްރުން ރެކޯޑު ކޮށްފައިވާތީއެވެ.

ތިން ވަނަ ދައުވާ ކޮށްފައިވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އެ ދައުވާ ކުރަނީ ފަނޑިޔާރު ދެއްކި ވާހަކަތަކުގެ ވީޑިއޯ ވިއްކަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެއެވެ.

މިހުރިހާ ދައުވާތަައް ޒައިދުވަނީ އިންކާރުކޮށްފައެވެ. ޒައިދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ނޫސްވެރިން ނުވައްދައި ސިއްރުންނެވެ.