މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކު ރުމަށް ޗިޓް ފޮނުވުމާ ގުޅިގެން އެ މަނިކުފާން އިންޑިއަން ހައި ކޮމިޝަނަށް ވަޑައިގެން އެތަނުން "ހިމާޔަތް" ހޯއްދަވައި ހުންނަވަނިކޮށް އެ މަނިކުފާންގެ ޝަރީއަތް އަނބުރާ ގެންދިއުމަށާއި އެ މަނިކުފާނުގެ ހިމާޔަތުގައި އެމްޑީޕީ މެމްބަރުން ތިބިކަން ހާމަ ކުރުމަށް ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާއެއްގައި ފުލުހުންނާ ދިމާލަށް ގަލާއި ފުޅި ފަދަ ތަކެތި އުކި މީހެއް ސ. ފޭދޫ މީހަކު ހޯދުމަށް ފުލުހުން ފޮޓޯ އާއްމުކޮށްފި އެވެ.
ފުލުހުން ފޮޓޯ އާއްމުކޮށް ހޯދަމުންދާ މީހަކީ ފޭދޫ ޑޯލްފިން މުޙައްމަދު ރިޔާޒް، 37، އެވެ.
ރިޔާޒް ހޯދުމަށް މި މަހުގެ 19 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ހަރަކާތްތެރިވާ މަންޒަރު ދައްކުވަ އިދޭ ވީޑިއޯއެއް އާންމު ކޮށްފަ އެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑި އޯއިން ފެންނަނީ ސޯސަންމަގު ނާދީ ކުރިމަތީގައި، ފުލުހުންގެ ބެރިކޭޑް ވައްޓާލައި، ފުލުހުން ތިބި ސަރަހައްދަށް ބިއްލޫރި ފުޅި އާއި ގާ އުކަމުން ދިޔަ މަންޒަރެވެ. އަދި ރަޔަޓު ފުލުހުން ޝީލްޑުތަކާއިއެކު މަޖީދިއްޔާ ސްކޫލް ކުރިމަތީގައި ތިބޭ ތަން ފެންނަ އިރު ފުޅި އާއި ގާ އުކާ މީހުން އެ އެއްޗެހި އުކުމަށް ފަހު ފިލަން ދުވާތަން ވީޑިއޯ އިން ފެނެ އެވެ.
އަދި ފުލުހުން ވަނީ އޭގެ ތެރެއިން ފަސް މީހެއް ވަކިން ފާހަގަކޮށް އެމީހުން އެމްޑީޕީ މުޒާހަރާގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރުވެސް ދައްކާފަ އެވެ.
ފުލުހުން ބުނީ މުޙައްމަދު ރިޔާޟް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރުމަށް އެދެ އެވެ.
އަދި ރިޔާޒާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބި ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށް ދޭނެ ކަމަށް ވެސް ފުލުހުން ކަށަވަރުކޮށް ދެ އެވެ.