ރަމަޟާން މަހު ޕޭ ލީވްގައި ތިބޭ މުވައްޒިފުންނަށް ރޯދަ އިނާޔަތް ނުދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ފިނޭސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ޕޭ ލީވް އަދި ނޯ ޕޭ ލީވްގެ ދަށުން ޗުއްޓީގައި ތިބޭ މުވައްޒިފުންނަށް ރޯދައިގެ އިނާޔަތުގައި ލިބެން ޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
ރޯދަ އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ރޯދައިގެ ކުރިން ދޭން ޖެހެއެވެ. މިއަހަރު އިނާޔަތުގެ ފައިސާ މުސާރައާއި އެއްކޮށް ދިނުމަށް ވަނީ ނިންމާފައެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ރޯދަމަސް ފެށުމުގެ ކުރިން ކޮންމެ މުވައްޒިފުންނަށް 3000 ރ. ރޯދައިގެ އިނާޔަތުގެ ގޮތުގައި ދޭން ޖެހޭނެއެވެ.
ނޯ ޕޭ ލީވްގެ ދަށުން ޗުއްޓީގައި ތިބޭ ފަރާތްތަކަށް މީގެ ކުރިންވެސް ރޯދައިގެ އިނާޔަތެއް ނުދެއެވެ.