ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހަސަން މަނިކު ޕީޕީއެމްގައި ހުރުމުން ރައީސް ޔާމީނަށް ލިބުނީ ކޮން ފައިދާއެއްްތޯ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް (ރޮޒޭ) ސުވާލު އުފައްދަވައިފި އެވެ.
ޓްވިޓާގައި ނިހާން އާއި ރޮޒައިނާ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާ ދެއްވަމުން ރޮޒޭ ވިދާޅުވީ ނިހާންއަށް އަމިއްލަ ދާއިރާގެ ގޮޑިވެސް ޕީޕީއެމްއަށް ހޯދައި ނުދެވުނު ކަމަށާއި، ގަންނަ މެމްބަރުންވެސް ޕީޕީއެމް އާއި އެކު ނުތިބޭނެކަމަށެވެ.
Nihan PPMga huregen YAG ah vee faidhaa aky koba? Amilla dhaaira ge gondives PPM ah hoadhaeh nudhevunu. Ganna councilors ahves vaany evaru! pic.twitter.com/FYqMlO5tMN
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 12, 2017
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގައި ވިލިމާފަންނު ދާއިރާއަށް ޕީޕީއެމްއިން ކުރިމަތިލެއްވި ކެންޑިޑޭޓަށް ލިބުނީ 610 ވޯޓެވެ. އެދައިރާގެ ގޮޑި ބޮޑު ތަފާތަކުން ކާމިޔާބް ކުރެެއްވީ އެމްޑީޕީން ކުރިމަތިލެއްވި ހަމްނާ ވަހީދުއެވެ.
Molhuvaahaka dhakkaa iru mi @ahmed_nihan ah mi ulhenee enme kudaminun alhuganda kurimathi laan nukerigen. 😂😂😂 Kulhu thalhan ekanidho engeny! pic.twitter.com/6aDpO0ntyX
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 9, 2017
ރޮޒޭ އާއި ނިހާން އާއި ދެބޭފުޅުން ސޯޝަލް މީޑިއާގައި މިދުވަސްކޮޅު ބަހުގެ ހަމަލާތައް އިތުރުވެފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިހާން އެބޭފުޅާ ޓްވިޓާއިން ބްލޮކް ކޮށްފައިވާ ކަމަށެވެ.