Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ޕީޕީއެމް ހަރުގޭގެ މެނޭޖަރު އެމްޑީޕީ އަށް

އިނގުރައިދޫ ދާއިރާގައި ހިމެނޭ ރ. އިންނަމާދޫ ޕީޕީއެމް ހަރުގޭގެ މެނޭޖަރު އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް އިންނަމާދޫ ހަރުގެ މެނޭޖަރު ސިމާދު އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމި ނިންމަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.

އިންނަމާދޫ އަކީ، އިނގުރައިދޫ ދާއިރާގައި ހިމެނޭ ރަށެކެވެ. ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވާ މެންބަރަކީ އިބްރާހިމް ފަލާހެވެ. އިންތިހާބުގެ ކުރިން ބޭއްވި އެއްވުމަގައި ފަލާހު ވަނީ ކުރީގެ ރައީސް ނަޝީދަށް ކައުންސިލް ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އިންނަމައިދޫ ދާއިރާގެ ކައުންސިލްގެ މެޖޯރިޓީ ހޯދާފައި ވަނީ އެމްޑީޕީ އިންނެވެ.