Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީނަށް ވެރިކަން ދިނީ ނަޝީދެއް ނޫން: އަދުރޭ

ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ދިނީ ރައީސް މުހައްމަދު ނަޝީދު ނޫން ކަމަށާއި އެހެންވެ ރައީސް ޔާމީން ވެރިކަމުން ނަޝީދަކަށް ދުރު ކުރެވޭނީ ކޮން ގޮތަކުންތޯ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ސުވާލު އުފައްދަވައިފި އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީގައި މި މަހުގެ 11 ވަނަ ދުވަހުގެ ރޭ މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވަރަށް އަވަހަށް ނިންމަވާލާނެ ކަމަށާއި، މަޖްލިސްގެ މެމްބަރުންގެ އަދަދު 42 ގެ ބަދަލުގައި 57 ބަދަލުވެގެންދަތަން ދާދި އަވަހަށް ފެނިގެންދާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ޔާމީނަށް ވެރިކަން ދިނީ ނަޝީދު ނޫންކަމަށާއި، "ބަލަގަ ވެރިކަމަކީ ﷲ ތައާލާ ދެއްވާ" އެއްޗެއް ކަމަށެވެ.

ނަޝީދު މިގޮތަށް ވިދާޅުވި ފަހުން އަދުރޭ ގެންދަވަނީ ފުލުފުލުގައި ޓްވީޓުން ރައްދު ދެއްވަމުންނެވެ. އެގޮތުން އަބްދުއް ރަހީމް ވިދާޅުވީ 2013 ގައި ރައްޔިތުން ރައީސް ޔާމީނަށް އާއެކޭ ބުނި އިރު އިދިކޮޅުގައި ތިއްބެވީ 2008 އަދި 2013 ގައި ރައްޔިތުން ނޫނެކޭ ބުނި ލީޑަރުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބްގައި ފޮނަދޫންވެސް ޕީޕީއެމްއަށް ވަނީ މެޖޯރިޓީ ގެއްލިފަ އެވެ.