ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިތާ އެއް ހަފްތާ ވެފައިވާއިރު ނަތީޖާ ހޯދަން މިޖެހެނީ ގަދަ ބާރުން ކަމަށް އިންތިޚާބުގެ ގިނަ ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އަލީ ވިދާޅުވެފައިވަނީ ހަފްތާއެއް ވީއިރުވެސް އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ޝީޓުތައް ހަމަކުރެވިފައިނުވާކަން އެނގޭ ކަމަށެވެ. ޖުމުލަ 8،503 ނަތީޖާ ޝީޓު ލިބެން ޖެހޭއިރު އަދިވެސް ހަ ޝީޓެއް އިލެކްޝަނަށް ނުލިބޭ ކަމަށް އޭނާ ބުނެފައިވެއެވެ.
އަދި މިހާތަނަށް ނަތީޖާ ސާފުކުރި އެއްވެސް ޝީޓެއް ވެރިފައިވެސް ނުކުރާ ކަމަށް އަލީ ބުނެފައިވެއެވެ. ނަމަވެސް ކިތަންމެ ލަހުން ކުރިޔަސް އިންތިޚާބުގެ ނަތީޖާ ހޯދާނެ ކަމަށް އޭނާ ބުންޏެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަލީ ބުނެފައިވަނީ ވޯޓުން ދިވެހި ރައްޔިތުން ވަރަށް ސާފުކޮށް ބަސް އިއްވައިފި ކަމަށާއި ރައްޔިތުން މިސަރުކާރާއި މެދު ނުރުހުން ވާކަން ހާމަކޮށްފިކަމަށެވެ.