Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ތިނަދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި

ގދ. ތިނަދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ކާޑެއްދޫ އެއާޕޯޓުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަތުލައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

އޭނާ މަސްތުވާތަކެތި ފޮރުވާފައި ހުރީ ފިލްމު އެޅި ދަޅެއް ފުރަގަސްފަރާތަށް ލައިގެންނެވެ. އަދި އޭނާ ފާސްކުރީ އިންޓެލިޖެންސް ރިޕޯޓެއް ލިބިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށް ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފައެވެ. ނަމަވެސް އެއީ ކޮން ރަށަކަށް ނިސްބަތްވާ ކާކު ކަން ފުލުހުން ހާމަކޮށްފައެއްނުވެއެވެ.