Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ފާރިސްގެ ޕާސްޕޯޓް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފާރިސްގެ ޕާސްޕޯޓް ހިފަހެއްޓިކަން އެނގުނީ އިންޑިޔާއަށް ވަޑައިގަތުމަށް އާދިއްތަ ދުވަހު އެއާޕޯޓަށް ވަޑައިގެން ޗެކްއިން ވެސް ނިންމާލެއްވި ފަހުންނެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓުން ނެރެފައިވާ އަމުރަކަށެވެ.

ފާރިސްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ އިރު އިދިކޮޅު އިއްތިހާދުގެ އިސް މެންބަރެއް ކަމަށްވާ ސިދާތާ ޝަރީފުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

މިކަމާއި ގުޅޭ ގޮތުން އިމިގްރޭޝަނުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ