Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ހިސްޓޯ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ޝިފާޤް މުފީދް (ހިސްޓޯ). ފޮޓޯ: ސަން

ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ކުރީގެ ނައިބު ރައީސް ޝިފާގު މުފީދު(ހިސްޓޯ) ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

ހިސްޓޯ އެޗްއާރުސީއެމް އިން އިސްތިއުފާ ދެއްވީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު މެދު ދާއިރާ ތަމްސީލް ކުރެއްވި ހިސްޓޯ އެމްޑީޕީ ދޫކޮށް ޕީޕީއެމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ މެއި 5، 2012 ގަ އެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން ޖޭޕީއަށް ސޮއި ކުރެއްވީ ޖުލައި 28، 2013 ގަ އެވެ. އޭގެ ފަހުން އަނެއްކާވެސް ހިސްޓޯ ވަނީ ޕީޕީއެމްއަށް ދެވަނަ ފަހަރަށް ސޮއިކޮށްފައެވެ.