ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.
ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވާ އިރު ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައި މިއަދުގެ 10:00 އިން ފެށިގެން މާދަމާގެ 10:00 އާ ހަމައަށް މޫސުން ލަފާ ކުރާ ގޮތުގައި، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އެވެ.
މީގެ އިތުރުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.