Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ދެކޮޅު ނުޖެހޭ ކޯޓް ނިންމުންތަކަށް ޖެހިލުމެއް ނުވާނެ: ނަޝީދު

'ދެކޮޅު ނުޖެހޭ' ކޯޓު ނިންމުންތަކަށް ރައްޔިތުންނާއި މަޖިލިސް މެންބަރުން ވެސް ޖެހިލުމެއް ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

'ދެކޮޅުނުޖެހޭ' ކޯޓު ނިންމުންތަކަށް މަޖިލިސް މެންބަރުން ޖެހިލުން ނުވާނެ ކަމަށް ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިހާރު އެ ކޯޓުގައި ކުރިއަށް އެބަދެއެވެ.