Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

މެޑަމް ހިނގައިގެން ވެސް މާލޭން އެންމެ ގޮނޑިއެއް ވެސް ނުލިބުނު: ނަޝީދު

މެޑަމް ފާޠުން ކައުންސިލް އިންތިހާބްގައި ވޯޓު ދެއްވަނީ، ކައުންސިލް އިންތިހާބްގެ ކެމްޕެއިންގައި ބުރަކޮށް އުޅުއްވި. ފޮޓޯ: ފާޠިމަތު އިބްރާހިމް އެފްބީ ޕޭޖް

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގައި މާލޭގެ ހުރިހާ ދާއިރާއެއްގެ ކެމްޕެއިންގައި ދޮރުން ދޮރަށް ފަސްޓް ލޭޑީ ފާޠުމަތު އިބްރާހިމް ހިންގަވައިގެންވެސް އެންމެ ގޮޑިއެއްވެސް ކާމިޔާބު ނުކުރެއްވުނު ކަމަށާއި މިފަދަ މާހައުލެއްގައި މަޖްލިސް މެމްބަރުން މިހާރު ތިބި ގޮތަކަށް ނުތިއްބަވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބް ކާމިޔާބް ކުރެއްވުމަށް މަޖްލިސް މެމްބަރުން އެބޭފުޅުންގެ އިންތިހާބީ ދާއިރާތަކުގައި ކެނޑިނޭޅި މަސައްކަތް ކުރެެއްވިކަމަށާއި ނަމަވެސް ރައްޔިތުން އެބޭފުޅުން ބަަލައި ނުގަތްކަމަށެވެ.

މާލެ މެދު ހެންވޭރު ދާއިރާއަށް ޕީޕީއެމްއިން ކުރިމަތިލެއްވި ހުސްނީ އަގިލް ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި މެޑަމް ފާޠުން

ނަޝީދު ވިދާޅުވީ މަޖްލިސްގެ ރައީސް މަސީހު ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ކޮންމެ ހަފްތާ ބަންދެއްގައި ފުވައްމުލަކަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ނަމަވެސް އެމަނިކުފާންގެ ދާއިރާއިންވެސް ކާމިޔާބް ލިބިވަޑައި ނުގަތްކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި މިގޮތަށް ރައްޔިތުން ތިބި އިރެއްގައި، މަޖްލީހުގެ މެމްބަރުން ނުތިއްބަވާނެ އެހެން ގޮތަކަށް، އެއީ ސިޔާސީ ކަންކަން ހަމަޖެހިފައި އޮންނަ ގޮތް، ދެން ބައެއް ފަހަރަށް މިސާލަކަށް ބިރުވެރިކަމެއްގެ ތެރޭގައި، އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑު ދަންނަ ގިނަ ރައްޔިތުންގެ މަޖްލިސް މެމްބަރުންނަކީ ފިނޑި ބައެއް ނޫން އިނގޭތޯ، އަދި ދުރުވިސްނޭ ބައެއް ލޯހުޅުވޭ ބޭފުޅުން އެބޭފުޅުން އިންތިހާބްވީ ސިޔާސީ މަގާމުތަކަށް ވަޑައިގެން އެތިއްބަވަނީ އެބޭފުޅުންނަކީ ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުންނަށް ވާތީ، އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންނާއި އެބޭފުޅުންނާއި ބޮޑަށް ގުޅިފައި އޮންނާތީ، އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އޮވޭ އެބޭފުޅުންނަށް މި ހަގީގަތް އެނގިވަޑައިގަންނަވާނޭ ކަމާއި، އެ ހަގީގަތާއި އެއްގޮތަށް އެބޭފުޅުން އަމަލު ކުރައްވާނެކަމަށް"

ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީ ކައުންސިލް ތަކާއި އާބާދީ ބޮޑުތަންތަނުން އައްލަބިއްޔަތު ހޯދާފައިވަނީ އެމްޑީޕީންނެވެ. އެޕާޓީން ވަނީ އައްޑޫ މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ، ކުޅުދުއްފުށި އަދި ގއ. ވިލިނގިލިން ބޮޑު އައްލަބިއްޔަތު ހޯދާފައެވެ.