Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ވެމްކޯގެ ޗެއާމަނާއި އެމްޑީ މަގާމުން ވަކިކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޗެއާރމަން އަލީ ޚާލިދު އާއި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފުއާދު މަގާމުން ވަކިކޮށްފިއެވެ.

ވެމްކޯގެ ޗެއާމަންކަމުން އަލީ ޚާލިދު ވަކިކޮށްފައިވާއިރު ފާއިތުވި ހަފްތާގައި އޭނާ ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ މަގާމުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ.


މި ދެބޭފުޅުން މަޤާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައެވެ. ނިޒާރުގެ ޓްވީޓްގައި އެބޭފުޅުން މަޤާމުން ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.