Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

މި ސަރުކާރެއް ނުވެއްޓޭނެ، ބަދަލެއް ވެސް ނުކުރެވޭނެ: މައުރޫފް

އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް މިސަރުކާރު ނުވެއްޓޭނެ ކަމަށާއި މިސަރުކާރު ބަދަލުވެސް ނުކުރެވޭނެ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ މިރޭ އެމްޑީއޭ ޖަގަހައިގައި ކުރިއަށްދާ އެމްޑީއޭ-ޕީޕީއެމް ކޯލިޝަނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"މިސަރުކާރު ނުވެސް ވެއްޓޭނެއޭ މިސަރުކާރެއް ބަދަލެއް ވެސް ނުކުރެވޭނެއޭ. މި ސަރުކާރުގެ ހުރި އެއްވެސް ވަޒީރަކު ވެސް ލާހިކައެއް ނޫނޭ ބަދަލުކުރާކަށް. އިރާދަކުރެއްވިއްޔާ" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ހޮއްވަވާފައި ރާއްޖެއަށް ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކުރުމުގެ އުއްމީދުގައި ކަމަށެވެ

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ރައީސް ޔާމީން ގެންނަވާފައިވާ ބަދަލުތަކުގައ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ފާއިތުވި 800 އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމަށް އެފަދަ ބަދަލެއް އެއްވެސް ރައީސަކު ގެންނެވިތޯ ސުވާލުކުރައްވާފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ކުރީގެ ރައީށް ނަޝީދުގެ ވެރިކަމުގައި ތައުލީމީ ނިޒާމު ކުރިއަރުވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މަސައްކަތް ކުރެއްވީ މަގުމަތީގައި އުޅޭނެ ކުދިން ގިނަ ކުރުމަށް ކަމަށެވެ.

އިދއ