Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ޔާމީންގެ މަރުގެ ތަހުގީގަށް "ހުރަސް އެޅި" ވަކީލަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ ޒުވާން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ތަޙްޤީޤަށް ހުރަސް އެޅުމުން ވަކީލަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޓްވިޓަރގައި ބުނެފައިވާ ގޮތުން އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޤާނޫނީ ވަކީލް އަލީ ޝާހް އެވެ.

އަލީ ޝާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ގާނޫނީ ވަކީލު ޝާހު ހައްޔަރުކޮށްފައިވާއިރު ފުލުހުން މީގެ ކުރިން ވަނީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޝާހް އަކީ، ވިލިނގިލީ ދާއިރާގެ މަޖިލިސް މެންބަރ ސައުދު ހުސައިން އާއި ތިމާގެ މީހެކެވެ.