Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ރޯދަ މަހުގެ ދުވާލު ސުޕާރީ ކެއި މީހަކު ޖަލަށް

ފާއިތުވި އަހަރުގެ ރޯދަމަހުގެ ދުވާލު ސުޕާރީކައި އަދި ސިނގިރޭޓު ބުއި މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މަޤުބޫލު އުޒުރެއްނެތި ރޯދަ ދޫކޮށްލާފައިވާތީ 1 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ޏ.ފުވައްމުލައް/މާދަނޑު- ގުޑްވިލް، ޙަސަން މުހައްމަދު ދީދީއެވެ.

މާލޭގެ އަލިމަސް ކާނިވަލުގައި ހުންނަ 'ލިލީ ރެސްޓޯރެންޓް'ގެ ތެރޭގައި ސުޕާރީކައި ސިނގިރޭޓް ބޯން ހުއްޓައި ހަސަން މުހައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 12 ޖޫން 2016 ގެ މެންދުރު 13:11 އެހާކަށް ހާއިރުއެވެ.

މިމަހުގެ 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހަސަން މުހައްމަދު ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ޤާނޫނުލް އުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ)ގެ ދަށުންނެެވެ.