Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ބަނގުރާ ބުއި މީހަކު 40 އެތިފަހަރު ދުއްރާއިން ތަޅަން ހުކުމްކޮށްފި

ބަނގުރާ ބުއިމުގެ ކުށް ސާބިތުވި މީހަކު 27 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށާއި 40 އެތިފަހަރު ދުއްރާއިން ތެޅުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބަނގުރާ ބުއިކަމުގެ ކުށް ސާބިތުވެފައިވެ ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނީ ލ.މާބައިދޫ. ސަބުނަމްހައުސް ޙުސައިން ޝަހުބާންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުން ޝަހުބާން ވަނީ ޝަރީޢާތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފައެވެ.

ފާއިތުވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޝަހުބާންގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކުރި ކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ރާއްޖޭގެ ކޯޓުތަކުގައި ބޭނުން ކުރުމަށް 20 ދުއްރަ ހޯދަން އިއުލާން ކުރިއެވެ. އޭރު ޑީޖޭއޭ އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން "ދުއްރައިގެ ލެދާ އިން ހަދާބައިގެ، ލެދާގެ އެތެރެއަށް ދެ ކީސްތިލަ ލައްވާފައި، އެއް ކީސް ތިލަ މުއްގަނޑާ ހަމައަށް ހުރުން އަދި އަނެއް ތިލަ މެދުގެ ހަންފަށަލައިގެ ދެ ފަރާތަށް ލައްވާފައި ހުންނަން" ޖެހޭނެއެވެ.