Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

ޓޮޓެންހަމް އަތުން ބަލިވެ ޔުނައިޓެޑަށް ޓޮޕް 4 ގެއްލިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗު 1-2 އިން ސްޕާސް ކާމިޔާބުކޮށްފިއެވެ.

ސްޕާސްގެ ދަނޑު، ވައިޓް ހާޓް ލޭންގައި ކުޅުނު ފަހު މެޗުގައި މޮޅުވެފައިވާއިރު މުޅި ސީޒަނުގައިވެސް ސްޕާސް ވަނީ ހޯމްގައި އެންމެ މެޗަކުންވެސް ބަލިނުވެ ސީޒަން ނިންމާލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 5 ވަނަ މިނެޓުގައި ޖަހާފައިވަނީ ވިކްޓާ ވަންޔާމާއެވެ. އޭނާގެ ލަނޑަށްފަހު ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ސްޕާސް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. އޭރިޔާ ތެރެއަށް ނެގި ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ހެރީ ކޭންއެވެ.

ޔުނައިޓެޑުގެ ހަމައެކަނި ލަނޑު 71 ވަނަ މިނެޓުގައި ޖަހާފައިވަނީ ކެޕްޓަން ރޫނީއެވެ. މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ އޭނާގެ ޕްރިމިއާ ލީގު ސީޒަން ނިމިފައިވާ ކަމަށެވެ. އަދި މިވަގުތު ބަލަނީ ޔޫރޮޕާ ލީގު ކާމިޔާބުކުރުމަށް ކަމަށް މޮރީނިއޯ ވަނީ އިއުތިރާފުވެފައެވެ.