Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ސަދަން އޭރިއާ އިން ބަލި މީހަކު ގައްދޫން ތިނަދު އަށް ގެންގޮސްފި

ގދ. ގައްދޫގައި އޮތް ހާލުބޮޑު ބަލި މީހަކު އެންއެންޑީއެފްއިން ސަދަން އޭރިއާ އިން ތިނަދު އަށް ގެންގޮސްފި އެވެ.

ގައްދޫ ސިއްޙީ މަރުކަޒުގައި އޮތް ބަލި މީހާ ރޭ 22:15 އެހާކަށްހާ އިރު ތިނަދު އަށް ގެންގޮސްދީފައި ވަނީ މަހަށް ގޮސްއުޅެނިކޮށް ދޯނިތެރެ އަށް ވެއްޓި ނިތްކުރި ވަރަށް ބޮޑަށް ފަޅައިގެން ގޮސް ލޭމަނާ ނުވުމުންކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން މައުލޫމާތު ދެއްވަ އެވެ.

ގދ. ގައްދޫ ބްލޫސްޓާ އަޙުމަދު މުޙައްމަދު، 57، ފުރަތަމަ ފަރުވާ ދީފައި ވަނީ ގައްދޫ ސިއްޙީ މަރުކަޒުން ކަމަށާއި މި ބަލި މީހާ ތިނަދު އަށް ގެންދެވިފައިވަނީ ލޭމަނާނުވުމުގެ އިތުރުން ލޮލަށް ލޭއެޅި އަވަސް ފަރުވާ ދިނުމަށްޓަކައި ތިނަދު އަށް ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވުމާ ގުޅިގެން ގައްދޫ ރަށު ކައުންސިލުން އިދާރާ އިން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމަށް އެދުމުން ކަމަށް އެ އޭރިއާ އިން މައުލޫމާތު ބުންޏެެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަކްރާފްޓް ލޯންޗްގައި އެ މީހާ މިހާރު ވަނީ ތިނަދު އަށް ގެންގޮސް އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފަ ވެ.