މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އަނިޔާވެރި ގޮތަކަށް ފޭދޫ ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ފޮޓޯ އާންމު ކުރި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު ޔާމީންގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.
މިދެމީހުން ހައްޔަރު ކުރީ ކޮން އިރަކު ކަމެއް ފުލުހުން ހާމަކޮށްފައި ނުވާއިރު މާލެއިން ހަ މީހަކު ހައްޔަރު ކުރި ކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިކަމަށް ބުނެ ފުލުހުން ވަނީ ގާނޫނީ ވަކީލު އަލީ ޝާހު ވެސް ހައްޔަރުކޮށްފަ އެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާލުމަށްފަހުގައެވެ. އަދި ގާތިލުން ވަނީ ޔާމީން ދިރިއުޅުނު ގޭގެ ސިޑިބަރި މަތީގައި ޔާމީން ބޭއްވުމަށްފަހު ރައްކާވެފައެވެ. ޔާމީން މަރާލާފައިވަނީ ތަކުރާރުކޮށް ބިރުދައްކައި، މަރުގެ އިންޒާރު ދީފައިވަނިކޮށެވެ.
ފުލުހުން ބުނެފައިވަނީ ތަހުގީގު ކުރިއަށް ދާގޮތުން، އަދި ލިބޭ ކުރިއެރުމުން ތަހުގީގު ކާމިޔާބުކުރުމުގެ އުއްމީދު އެބައޮތް ކަމަށެވެ.