ރޭ މާލޭގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 20 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.
ވިލިމާލެ ފެރީ ޓާމިނަލްގެ ޕާކިން އޭރިޔާތެރޭގައި ހިނގި މިމާރާމާރީ ހިންގާފައިވަނީ ދެމީހުންނެވެ. ދެމީހުންވެސް ވަނީ ހަމަލާ ދިނުމަށްފަހު އެސަރަހައްދުން ފިލާފައެވެ.
ޒަޚަމްވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާގޮތުގައި ޒުވާނާގެ ހާލު މިހާރު ރަނގަޅެވެ.
އޭނާއަށް ހަމަލާ ދީފައިވަނީ ވިލިމާލެއިން އައިސް ފެރީ ޓާމިނަލްގެ ޕާކިން އޭރިޔާއިން ނިކުމެގެން އަންނަނިކޮށެވެ.