Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމަކީ ވެރިކަން ހޯދަން އުޅޭ ޕާޓީއެއް ނޫން: ރައީސް

ޕީޕީއެމްގެ ހަފްލާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ވެރިކަން ހޯދަން މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށް ރައީސް ޔާމީން އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޕީޕީއެމްއަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ގިލަންވެރިކަމާއި ނަފްރަތާއި ބިރުވެރިކަން ފަދަ ކަންކަމުން ސަލާމަތްކޮށް ދިނުމަށް ނިކުތް ޕާޓީއެއް ކަމަށެވެ.

ރޭ ސަރުކާރު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޚާއްސަކޮށް އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް ކާމިޔާބުކުރެއްވި މެމްބަރުންނަށް ރައީސްގެ ފާޑު އަމާޒުވެގެންގޮސްފައިވެ އެވެ.

"ކައުންސިލްތައް އެގޮތަށް އޮތަސް، ރާއްޖޭގެ ސިޔާދަތު ފުރިހަމަ އަށް، ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގެ ކޮންމެ އަކަފޫޓަކަށް ހިނގާނެ ސަރުކާރަކަށް ވާތީ އެކަން ވެސް އޮންނާނީ ކޮށްފައި،"

މީގެ ކުރިންވެސް ކައުންސިލް އިންތިޚާބު އެމްޑީޕީ އިން ކާމިޔާބު ކުރި ކަމަށާއި ނަމަވެސް އޭގެ ސަބަބުން ރައްޔިތުންނަށް ލިބުނީ ކޮން ފައިދާއެއްތޯ ރައީސް ޔާމީން ވަނީ ސުވާލުކޮށްފައެވެ. އޭގެ ބަދަލުގައި އެމްޑީޕީ ކައުންސިލުތަކުން ސަރުކާރުގެ އެކި މަޝްރޫއުތަކަށް ދަތިކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.