Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

ޗެލްސީ ވަޓްފޯޑް ބަލިކޮށްފި

އިނގިރޭސި ޗެމްޕިއަން، ޗެލްސީއާއި ވަޓްފޯޑް ބައްދަލުކުރި މެޗު 3-4 އިން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ލީގު ކަށަވަރުކުރި ނަމަވެސް ޗެލްސީ އަދި އެއް މެޗު ހޯމް ދަނޑުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅޭނެއެވެ. ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ލަނޑު ޖެހީ ޗެލްސީ ކެޕްޓަން ޓެރީއެވެ.

ޓެރީގެ 22 ވަނަ މިނެޓުގެ ގޯލަށް ފަހު ވަޓްފޮޑް އިން ވަނީ ދެމިނެޓުވެސް ނުވަނީސް ނަތީޖާ އެއްވަރުކޮށްފައެވެ. ވަޓްފޮޑްގެ ލަނޑު ޖަހާފައިވަނީ ކަޕޫއެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ޗެލްސީއަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައިވަނީ ސީޒާ އަސްޕިލެކުއެޓާއެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ޒުވާން ފޯވާޑް ބަޓްޝުއައި ވަނީ ލީޑު 1-3 އަށް ފުޅާކޮށްފައެވެ. ނަމަވެސް ވަޓްފޮޑްގެ ޖާންމާޓް ވަނީ 51 ވަނަ މިނެޓުގައި ލީޑު ހަނިކޮށްފައެވެ.

ވަޓްފޮޑް އިން ވަނީ ކުޅުން ރަނގަޅުކޮށް 74 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިގޯލު ޖަހާފައިވަނީ ސްޓެފަނޯ އޮކަކާ ޗުކާއެވެ. ޗުކާގެ ގޯލަށްފަހު މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ވަޓްފޮޑް ސަޕޯޓަރުން ބަލައިގެން ތިއްބާ މެޗުގެ ފަހު ވަގުތު ފެބްރިގާސް ވަނީ ޗެލްސީއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.