Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އަސްކަރީ އެއްބާރުލުމަށް ރާއްޖެ އާއި ޕާކިސްތާން މަޝްވަރާކޮށްފި

photo: MNDF

އަސްކަރީ ގޮތުން އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ޕާކިސްތާނުން މަޝްވަރާކޮށްފި އެވެ.

ބަންޑާރަ ކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޕާކިސްތާނުގެ ފަރާތުން އެގައުމުގެ އަސްކަރިއްޔާގެ ވަފުދެއް ރާއްޖެ އައިސްފައިވެއެވެ. މި ވަފުދުގައި އިރެކްޓަރ ޖެނެރަލް ފޮރިން މިލިޓަރީ ކޯޕަރޭޝަން، މޭޖަރ ޖެނެރަލް އިފްތިހާރު އަހުމަދު ވައީން ވަނީ ބައިވެރިވެފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދެގައުމުގެ އަސްކަރިއްޔާ ގުޅިގެން ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިއީ ދިވެހި ސިފައިންނާއި ޕާކިސްތާން އަސްކަރިއްޔާއިން ބޭއްވި މިފަދަ ތިންވަނަ ބައްދަލުވުމެވެ. ސްޓާފް ޓޯކްސްގެ ނަމުގައި އެންމެ ފުރަތަމަ މިފަދަ ބައްދަލުވުމެއް ބޭއްވީ 2015 ވަނަ އަހަރުގައެވެ.