Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

އެމްޑީޕީ ޖަގަހައިން "ތިޔައޭ ޒައީމޭ އަދު ލޮބުވެތި ގައުމު"، މިއީ އަދުގެ ހާލަތު

ސިޔާސީ މާ ވަރުގަދަ ލީޑަރުން މިއަދު ފުރަތަމަ ގައުމޭ ވިދާޅުވާ އިރު "ފިއްލަވައިގެން" ބޭރުގައި ނުތިއްބަވައި ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

ޕީޕީއެމް/ އެމްޑީއޭ/ ޑީއާރްޕީ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަޅުގަނޑުމެން މާ ވަރުގަދަ ސިޔާސީ ލީޑަރުންނަށްވެގެން އެންމެ ފުރަތަމަ ގައުމޭ ވިދާޅުވާ ބޭފުޅުން، މިއަދު މިއަޑުއިވެނީ އެބޭފުޅުންގެ ހަރުގެއިން "ތިއައީ ޒައީމޭ އަދި ލޮބުވެތި ގައުމު ލަވަ ޖަހާ އަޑުކަަމަށެވެ.

"އަޅުގަނޑުމެން މާ ވަރުގަދަ ސިޔާސީ ލީޑަރުން، އެންމެ ފުރަތަމަ ގައުމޭ ވިދާޅުވާ ބޭފުޅުން، މިއަދު އެންމެ ފުރަތަމަ ގައުމޭ ވިދާޅުވޭތޯ؟ އެމްޑީޕީ ޖަގަހައިގައި އެ ޖަހަނީ ތިޔައީއޭ ޒައީމޭ އަދު ލޮބުވެތި ގައުމު. މިއީ އަދުގެ ހާލު ހުރި ގޮތް،"

ރައީސް މައުމޫންގެ ނަން ފާހަގަ ނުކުރައްވައި ނަމަވެސް މައުމޫންއަށް އަމާޒުކޮށް ޔާމީންވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ރައީސް ވިދާޅުވީ ވެރިކަން ބޭނުންފުޅުވެގެން އުޅުއްވާ ބޭފުޅުން ފިއްލަވައިގެން ގައުމުން ބޭރުގައި ތިއްބެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އަދި މިއަދު އިދިކޮޅުގައި ތިއްބެވީ އެކަކު އަނެކަކަށް އެހީތެރިވާނެ ބަޔަކު ނޫންކަމަށާއި އެމީހުން ތިއްބެވީ އެކަކު އަނެކަކަށް އެހީތެރިވެވޭނެ ގޮތަކަށް ނޫންކަމަށެވެ.

އެކި ކުށްތަކުގައި ތިއްބެވި ބޭފުޅުން ގައުމުން ބޭރުގައި ތިއްބެވީ އެބޭފުޅުންނާއި ގާނޫނު އަރާހަމަކުރާނެތީކަމަށެވެ.

ރޭގެ ޖަލްސާގައި ޔާމީން ވަނީ ރައީސް ނަޝީދަށާއި ރައީސް މައުމޫންއަށް އަދި އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.