Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ހުސެން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ފުލުސް އޮފީހަށް މިރޭ 20:00 ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފިއެވެ.

ފުލުހުން މެމްބަރު ހުސެން ހާޒިރު ވުމަށް އަންގާފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މެމްބަރު ހުސެން މުހައްމަދަކީ ފަހަކަށް އައިސް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މެމްބަރެއް ކަން ފާހަގަ ކޮށްލެވެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ފަހަކަށް އައިސް އިދިކޮޅު ބައެއް މެމްބަރުން ފުލުހަށް ހާޒިރުކުރާ ތަން އަންނަނީ ފެންނަމުންނެވެ.

އެގޮުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ދެފަހަރެއްގެ މަތިން ހައްޔަރުކޮށް ތިން ދައުވާޢެއް އުފުލާފައެވެ. ނަމަވެސް މިހާރު ހެކި ނެތިގެން ދައުވާ އަނބުރާ ވަނީ ނަގާފައެވެ.