Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފުލުހުން ބަލަމުންދާ މައްސަލައަކަށް މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ވީޑިއޯ ފިޓޭޖާއި ފޮޓޯ އާއްމުކޮށްފިއެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ އެމީހާ ހޯދަނީ މިއަހަރުގެ މާރިޗު މަހު އޭޑީކޭ ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމަކުން ވައްކަންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންކަމަށެވެ.

ފުލުހުން ބުނީ މި މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުންމަށްޓަކައި ވަނީ ޝުކުރު ދަންނަވާފައެވެ.