Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

ބާސާގައި ހުރިނަމަ މިހާރު ވާނީ ވަކިކޮށްފައި: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ އާ ކޯޗު، ޕެޕް ގާޑިއޯލާ އޭނާގެ ފުރަތަމަ ސީޒަން ބާސެލޯނާ ނުވަތަ ބެޔާންގައި ނާކާމިޔާބުވިނަމަ މަގާމުން ދުރުކުރާނެ ކަމަށް އިއުތިރާފު ވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން ގާޑިއޯލާ ބުނެފައިވަނީ އޭނާ ބެޔާން ނުވަތަ ބާސާގައި ހުރިނަމަ ޔަގީނުންވެސް މިހާރު ކަނޑާލާނެ ކަމަށެވެ. ނަމަވެސް ސިޓީއިން އޭނާއަށް ދެވަނަ ފުރުސަތެއް ވަނީ ދީފައިކަމަށާއި އަންނަ ސީޒަނުގައި ކާމިޔާބީ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.

ގާޑިއޯލާ ސިޓީގެ މެނޭޖަރުކަމާއި ހަވާލުވެ ފުރަތަމަ 10 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ސީޒަންގެ މެދުތެރެއަށް ގޮސް އޭނާގެ ޓީމު ވަނީ މިސްރާބު ގެއްލި އަރި އަޅާލާފައެވެ.

ލީގު ތާވަލުގައި ޗެލްސީގެ ފަހަތަށް ވެއްޓި އަތުނުވާ ހިސާބަށް ގޮސްފައިވަނިކޮށް ޗެމްޕިއަންސް ލީގުން ވަނީ ކަޓާފައެވެ. ލީގު ކަޕުން މާ ކުރީގައި ކަޓާފައި ވަނިކޮށް އެފްއޭ ކަޕުގެ ސެމީއިން އާސެނަލް ވަނީ ސިޓީ ކަޓުވާލާފައެވެ.