ސަރުކާރުގެ ގޭސް ކުންފުނި މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ އަގު ހެޔޮކޮށްފިއެވެ.
މޯލްޑިވް ގޭހުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން ވިދާޅުވީ ރޯދަ އާއި ދިމާކޮށް އެކުންފުނިން ވިއްކާ ގޭހުގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން 200 ރުފިޔާ ގޭސް ފުޅިއެއް ރޯދަމަހަށް ހާއްސަކޮށްގެން ވިއްކާނީ 175 ރުފިޔާއަށް ކަމަށެވެ.
އެގޮތުން މާދަމާއިން ފެށިގެން އަގުހެޔޮކުރި އަގުގައި ކައްކާ ގޭސް ލިބޭނެކަމަށް މޯލްޑިވް ގޭސްއިން ބުނެއެވެ.
މީގެ ކުރިންވެސް މޯލްޑިވް ގޭހުން ވަނީ ކައްކާ ގޭހުގެ އަގުހެޔޮކޮށްފައެވެ.