Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފުވައްމުލަކު ޗެމްޕިއަންކަން ދޫޑިގަމް ޓީމު ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުވައްމުލަކު ޗެމްޕިއަންކަން ދޫޑިގަމް ފުޓްބޯޅަ ކްލަބުން ހޯދައި އެޓީމް ޒޯން 8 އަށް ކޮލިފައި ވެއްޖެއެވެ.

ދޫޑިގަމް ޓީމް ޗެމްޕިއަން ޓީމަކަށް ހޮވުނީ އިއްޔެ ހަވީރު ފުވައްމުލަކު މުބާރާތުގެ ދެވަނަ މެޗްގައި ދަނޑިމަގު ޓީމާ ބައްދަލުކޮށް މެޗް ލަނޑެއް ނުޖެހި އެއްވަރުވުމުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ދެ ޓީމްގެ ހޯމްއެންޑް އަވޭގެ ނަތީޖާއިންނެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި ދަނޑިމަގު ޓީމާއި ދޫނިގަމް ޓީމް ބައްދަލުކުރި މެޗް 1-0 ލަނޑުން ކާމިޔާބް ކޮށްފައިވަނީ ދޫނިގަމް ޓީމެވެ. މުބާރާތުގައި އިއްޔެކުޅެވުނު މެޗަކީ ދަޑިމަގު ހޯމް މެޗްގެ ގޮތުގައި ކުޅެވުނު މެޗެވެ. ފުރަތަމަ މެޗަކީ ދޫޑިގަމް ހޯމް މެޗެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން 8އަށް ދޫނިގަމް ޓީމް ކޮލިފައިވެފައިވާއިރު އެޓީމާއި ވާދަކުރާނެ ޓީމެއް އެނގިގެންދާނީ މިއަދު ހަވީރު މީދޫ ދަނޑުގައި ކުޅޭ އައްޑޫ މުބާރާތުގެ ފައިނަލް މެޗްގެ ނަތީޖާއިންނެވެ.

އައްޑޫ މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު ފޭދޫ ޓީމާއި ހިތަދޫ ޓީމްގެ ބޮޑު ކުރިމަތުލުމެއް އޮންނަ އިރު މި މެޗަކީ ފޯރިގަދަ މެޗަކަށް ވާނެއެވެ. މި ދެޓީމް މި މުބާރާތުގައި ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވެފައިވާތީވެސް މެޗްގެ ފޯރި ގަދަވާނެކަމަށް ބެލެވެއެވެ.

ފާއިތުވި ދެ މުބާރާތުގެ މިޒޯންގެ ޗެމްޕިއަން ޓީމަކީ ފޭދޫ ޓީމެވެ.

މިމުބާރާތަކީ ހުރިހާ ޒޯންތަކެއްގެ ޗެމްޕިއަން ފައިނަލް ބުރެއް ކުޅެ މޮޅުވާ ޓީމެއް ދިވެހި ޕްރިމިއާ ލީގްގައި ވާދަކުރުމުގެ ފުރުސަތު ލިބޭގޮތައް ކުޅެވޭ މުބާރާތެކެވެ