Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޝުޖާއު އުސްމާނަށް "ހަމަލާ ދޭން އުޅުނު" ހަނީފް ގޭބަންދަށް

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ސިނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފް ގޭބަންދަށް ބަދަލުކޮށްފިއެވެ.

ހަނީފް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ. އޭނާ ވަނީ ފަސް ފަހަރެއްގެ މަތިން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެެވެ.

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު އަބްދުﷲ އާއި ގާތްގުޅުމެއް އޮންނަ ހަނީފް ހައްޔަރުކޮށްފައިވަނީ މިދިޔަ އެޕްރިލް މަހުގެ 4 ވަނ ދުވަހުއެވެ.

ޝުޖާއު އުސްމާނާއި ހަނީފް އަދި މެމްބަރ ސައުދުއަކީ ގއ. ވިލިނގިލިއަށް ނިސްބަތްވާ ބޭފުޅުންނެވެ.