Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެތައް ހާސް ބަޔަކު ނަޝީދަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފި

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 50 ވަނަ އުފަންދުވަހުގެ ތަހުނިޔާ އެތައް ހާސް ދިވެހިންނެއް ސޯޝަލް މީޑިޔާ މެދުވެރިކޮށް އެމަނިކުފާނަށް ފޮނުވައިފި އެވެ.

ސިޔާސީ ހަޔާތުގެ ގިނަ ދުވަސްތަކެއް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރެއްވި ނަޝީދު ވަނީ ދިވެހި ގިނަ ރައްޔިތުންގެ މަގުބޫލުކަން ހޯދާފައެވެ. ރޭ ދަންވަރު 00:00 ފެށިގެން އެތައް ބަޔަކު ވަނީ ޓުވީޓާ އަދި ފޭސްބުކް މެދުވެރިކޮށް ނަޝީދަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

އެގޮތުން އެއްބަޔަކު ފާއިތުވެދިޔަ ދިހަ އަހަރު ތެރޭގައި ރައީސް ނަޝީދު އެކި ބޭފުޅުންނާއެކު ނަގާފައިވާ ފޮޓޯތައް އަޕްލޯޑުކޮށް ތަހުނިޔާ ކިޔަމުންދާއިރު އަނެއްބަޔަކު އެމީހުންގެ ޕްރޮފައިލް ފޮޓޯއަށްވެސް ނަޝީދާއި އެކު ނަގާފައިވާ ފޮޓޯތަކާއި ނަޝީދުގެ ފޮޓޯތައް އަޕްލޯޑުކުރަމުންދާތަން މިއަދު އަންނަނީ ފެނެމުންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ކައުންސިލް މެމްބަރުން އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ރައީސް ނަޝީދުގެ 50 ވަނަ އުފަންދުވަހުގެ ތަހުނިޔާ ރައްދުކުރަމުންނެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް އަންނަނީ ނަޝީދަށް ތަހުނިޔާ ފޮނުވަމުންނެވެ.