Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

ގަލާއި ފުޅި އުކި ފޭދޫ މީހާ ހައްޔަރުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ ސ. ފޭދޫ، ޑޯލްފިން މުޙައްމަދު ރިޔާޒް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އޭނާ ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މައުޙަދު ކައިރިން މިރޭ 07:30 އެހާކަށްހާ އިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ރިޔާޒް، 37، ހޯދަން ފެށީ އެމްޑީޕީން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ތެރޭގައި ފުލުހުންނާ ދިމާއަަށް ގަލާއި ފުޅި ފަދަ ތަކެތި އުކި މައްސަލާގަ އެވެ.

ރިޔާޒް ހޯދުމަށްޓަކައި ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު އޭނާ ހަރަކާތްތެރިވާ މަންޒަރު ދައްކުވައި ދޭ ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ. މީގެ އިތުރުން ފޮޓޯ އާއި މަޢުލޫމާތު ހިމަނައި އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރީ ބުރާސްފަތި ދުވަހު އެވެ.