Last Updated: June 23, 20:16
Tuesday, June 23, 2026
ދުނިޔެ

ޗައިނާ މުސްލިމުން ޤުރުއާން ޓްވީޓް ކުރުމުން ހައްޔަރު ކުރަނީ

ޗައިނާގެ މުސްލިމް އަންހެނަކު ކީރިތި ޤުރުއާނުގެ އާޔަތްތަކާއި އިސްލާމީ ވައުޟު ނަސޭހަތުގެ ބަސްތައް ޓުވީޓުކުރުމުން ހައްޔަރުކޮށްފި އެވެ.

ޗައިނާގެ ކޮރްލާ ސިޓީއިން މިހަފްތާގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ޒުވާން އަންހެނެކެވެ. ހައްޔަރުކުރީ "ހައްދުފަހަނަޅާފައިވާ ދީނީ ފިކުރުތައް" ފަތުރަން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށް ޚަބަރު ލިބިފައިވެއެވެ.

ޗައިނާގައި މިހާރު ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ﷲ އާއި ބެހޭ ގޮތުން ވާހަކަ ދައްކައި، ލިޔެ ފެތުރުމަކީ ގާނޫނާއި ޚިލާފު ކަމެއް ކަމަށް އެމީހުން ބުނެފައިވެއެވެ.

ދެކުނު ޗައިނާގެ އަވަށެއްގެ މުސްލިމުން ވެސް ވަނީ އަޅުކަން ކުރުމާއި ވައުޟު ނަސޭހަތްދީ، އަޑުއެހުމުގައި ބައިވެރިވާތީ ހައްޔަރުކޮށް ސިފައިންގެ ދުއްތުރާ ލިބެމުންނެވެ.

ދާދި ފަހުން ޗައިނާއިން ވަނީ މުސްލިމް ތުއްތު ކުދިންނަށް އިސްލާމީ ރީތި ނަމުން ނަން ދިނުންވެސް މަނާކޮށްފައެވެ. މިއަދު ދުނިޔޭގައި މުސްލިމުންނަށް ދިރިއުޅެން އެންމެ ދަތި އެއް ގައުމަކީ ޗައިނާއެވެ.