ކާޑުގެ ކޮންޓްރޯލް އަގަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބަދަލު ގެނެސްފި އެވެ.
ނަމަވެސް އަދިވެސް ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކުގެ އަގުތައް ތަފާތެވެ.
މިނިސްޓްރީން ބުނެފައި ވަނީ އަގުތައް ކަނޑައަޅާފައި ވަނީ މަޖޫރީ، ނާލު އަދި އެހެނިހެން ޚަރަދުތައް ގުނުމަށް ފަހުގައި ކަމަށެވެ.
އެގޮތުން މިހާރު އާދައިގެ ހަނޑޫ ކިލޯއެއް ދެކުނުގެ އަތޮޅުތަކަށް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 7.97ރ. އަށެވެ.
ހަކުރު ކިިލޯއެއް 8.01ރ. އަށް ވިއްކުމަށް ކަނޑައަޅާފައިވާ އިރު ގޮދަން ފުށް ކިލޯއެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 6.47ރ. އަަށެވެ.
ޒޯން 2 ގެ އަތޮޅުތަކަށް ހަނޑޫ ކިލޯއެއް 7.58ރ. އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ހަކުރު ކިލޯއެއް 7.62ރ. އަށް އަދި ގޮދަން ފުށް ކިލޯއެއް 6.08 ރ. އަށް ވިއްކުމަށް ވަނީ ކަނޑައަޅައިފަ އެވެ.
އަދި ޒޯން 1 ގެ އަތޮޅުތަކަށް ހަނޑޫ 7.78ރ.، ހަކުރު 7.82ރ. އަދި ފުށް ކިލޯއެއް ވިއްކާނީ 6.28ރ. އަށެވެ.
ޒޯން 1 ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. ޒޯން 2 ގައި ހިމެނެނީ ނ، ރ، ބ، ޅ، ކ، އ، ވ، މ، ފ، ދ އަދި ތ އަތޮޅެވެ.
ޒޯން 3 ގައި ހިމެނެނީ ލ، ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަގުތަކުގެ ކޮންޓްރޯލް އަގަށް ބަދަލު ގެނެސްފައިވާ އިރު ހަނޑޫ އަދި ހަކުރު ވިއްކާ އަގު ވަނީ %15 ހެޔޮކޮށްފަ އެވެ.
އަދި ގޮދަން ފުށް ވިއްކާ އަގު ވަނީ %12 ހެޔޮކޮށްފަ އެވެ.