ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ކުރި ޝަރުތުތައް ކްރިމިނަލް ކޯޓުން މިއަދު އުވާލައިފި އެވެ.
ކްރިމިނަލް ކޯޓުން ޝަރުތު އުވާލިކަމުގެ ލިޔުން ގާސިމް އިބްރާހީމަށް ފޮނުވާފައިވާއިރު އޭގައި ބުނެފައިވަ ނީ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ނުވާކަމަށް ފުލުހުން ބުނެފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމަށް އިއުތިރާފްވެ އެ ކޯޓަށް ސިޓީ ފޮނުވާފައިވާތީ ޝަރުތުތައް އުވާލާފައިވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ގާސިމް ޖަލުން މިނިވަން ކުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ 7 ޝަރުތެއް ގާސިމްގެ މައްޗަށްކޮށްފަ އެވެ.
ގާސިމްގެ ގާނޫނީ ޓީމުން ބުނެފައި ވަނީ އެ ޝަރުތުތަކަކީ ކުރެވިގެންވާނެ ޝަރުތުތަކެއް ނޫން ކަމަށެވެ.
ހެކި ނެތިގެން ގާސިމްގެ މައްސަލަ މިހާރު ދައުލަތުން ވަނީ އަނބުރާ ނަގައިފަ އެވެ.