ރޭ ހިތަދު އަށް އެރި ނަގޫ ރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު ބެއްލެވުމަށް ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމްދީދީ މިއަދު ހަވީރު އައްޑު އަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.
އިބްރާހިމް ދީ "އައްޑޫލައިވް" އަށް ވިދާޅުވީ ގެއްލުން ލިބުނު ގެތަކުގެ މައުލޫމާތު ސާފުކޮށް އެފަރާތްތަކަށް ވެދެވެން ހުރި އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު މަސައްކަތް ކުރެއްވާނެ ކަމަށެވެ.
މޯލްޑިވްސް ޑިފެންސް ފޯސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިބްރާހިމް ދީދީ އަކީ މިފަދަ ކާރިސާތަކުގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ވަރަށް ތަޖްރިބާކާރު ބޭފުޅެކެވެ. އިބްރާހިމް ދީ ވިދާޅުވީ މިހާރު ވެސް ޓާސްކް ފޯސް ގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ރޭގެ ހާދިސާ ގައި ގެއްލުން ލިބުނު ބައެއް އާއިލާތަކާ ފޯނުން ގުޅުއްވައި އެފަރާތްތަކުގެ ހާލު ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަމަށް ގެއްލުން ލިބުނު އާއިލާއަކުން އައްޑޫ ލައިވަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި 12 ގެއަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާތީ އެފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއި އައްޑޫ ސިޓީ ކައުންސިލް އަދި އެމްއެންޑީއެފް، ޕޮލިސް އަދި އެމްއާރްޑީސީ، ހައުސިން މިނިސްޓްރީ އަދި ފެނަކައިން ދަނީ ކުރަމުންނެވެ.