Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ގެއްލުންވި އާއިލާތަކަށް އެޗްއާރްއެޗްގެ ނަރުހުން ޒިޔާރަތްކޮށްފި

ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އެހީތެރިވަނީ-

ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އާއިލާތަކަށް ހިތަދޫ ރީޒަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ޓީމެއް ޒިޔާރަތްކޮށް، ހާލުބަލައި ލިބުނު ގެއްލުންތައް އޮޅުންފިލުވައިފި އެވެ.

ރޭގެ ނަގޫރޯޅީގައި އަސަރުކުރި 13 އާއިލާއަކަށް ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން ވަނީ މިއަދު ޒިޔާރަތް ކޮށްފައެވެ. އަސަރުކުރި އާއިލާތަކުގެ އެއްވެސް މެމްބަރަކަށް އަނިޔާއެއް ލިބިފައިވާތޯ އާއި އަނިޔާއެއް ލިބިފައިވާނަމަ އެފާރަތަކުން ވީހާވެސް އަވަހަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގަތުމަށް ނަރުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ރޭގެ ހާދިސާގައި ނަފްސާނީ ގޮތުން އެއްވެސް މީހަކަށް ނުވަތަ ކުއްޖަކަށް އަސަރެއް ކޮށްފައިވޭތޯ ނަރުހުން ވަނީ ބަލައި، އަސަރު ކޮށްފައިވާ ފަރާތްތަކަށް ކައުންސެލިންގ ދީފައެވެ. އަދި ގެއްލުންވި އާއިލާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ނަރުހުން ވަނީ ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ރޭ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ޖުމުލަ 13 ގެއަކަށާއި 1 ފިހާރަ އަދި އޮފީހަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ބައެއް ގޭތަކުގެ ރައްޔިތުންނަށް ދިރިނޫޅެވޭ ވަރަށް ގެތައް ވަނީ ހަލާކުވެފައެވެ.