Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ގެއްލުންވި ގެތަކަށް އެހީގެ ފަންޑެއް ކައުންސިލުން ގާއިމްކޮށްފި

ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް އައްޑޫ ސިޓީ ކައުންސިލުން ފަންޑެއް ހުޅުވައިފި އެވެ.

ކައުންސިލުން ބުނީ ފައިސާފެ ގޮތުން އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ މީހުން ބީއެމްއެލްގެ ހިތަދޫގެ ބްރާންޗްގައި ހުޅުވާފައިވާ ކައުންސލްގެ އެކައުންޓް ނަމްބަރު 004-700341-7708 އަށް ފައިސާ ޖަމާ ކުރުމަށް ފަހު، ކައުންސިލްގެ ހޮޓްލައިން ނަމްބަރު 7905003 އަށް އެސްއެމްއެސްއަކުން އެކަން އަންގައި ދިނުމަށް އެދޭ ކަމަށެވެ.

ތަކެތީގެ ގޮތުން އެހީވާން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން ތަކެތި ހަދިޔާ ކުރަން ބޭނުންވާ މީހުން ވެސް ކައުންސިލްގެ ހޮޓްލައިނަށް އެސްއެމްއެސްކުން އެންގުމުން އެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ކަމަށް ބުންޏެވެ.

ނަގޫރޯޅި އަރައި ހިތަދޫގެ 13 ގެއަކަށް ބޮޑެތި ގެއްލުންވެފައިވެ އެވެ. އެގޮތުން ބައެއް ގޭގޭގެ ފުރާޅު އެއްކޮށް ވަނީ އެއްލާލާފަ އެވެ.