Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އޮމަދު އަށް އަމިއްލަ ގޮތުން ހޮވުނު ނައުޝާދު ޕީޕީއެމަށް

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގައި ތ. އަޮމަދޫ ރަށު ކައުންސިލަށް އަމިއްލަ ގޮތުން އިންތިހާބްވި ނައުޝާދު ނަސީރު ޕީޕީއެމް އާއި ގުޅިއްޖެއެވެ.

ނައުޝާދު އޮމަދޫ ރަށު ކައުންސިލަށް އިންތިހާބް ވެފައިވަނީ 162 ވޯޓުންނެވެ. އޭނާ އާއި އެކު ދެން ކައުންސިލަށް ހޮވިފައިވަނީ މިނިވަން ކެންޑިޑޭޓް ހާރޫން މުހައްމަދު އާއި އެމްޑީޕީ ކެންޑިޑޭޓް ޖާވިދު ހަސަންއެވެ.

ނައުޝާދު ޕީޕީއެމްއަށް ސޮއިކޮށް ރައީސުލް ޖުމްހުރިޔާގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އާއި އެކު ހުރި ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

ކައުންސިލް އިންތިހާބްގައި އަމިއްލަ ގޮތުން އިންތިހާބްވި ބައެއް ކައުންސިލަރުން ދަނީ ޕާޓީ ތަކާއި ގުޅެމުންނެވެ. ޕީޕީއެމް ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވީ އަމިއްލަ ކެންޑިޑޭޓުން ވަރަށް އަވަހަށް ޕީޕީއެމް އާއި ގުޅޭނެކަމަށެވެ.