Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އޭސީޕީ ނަވާޒް ކޮމާންޑް ސެންޓަރަށް ބަދަލުކޮށްފި

އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ފޮޓޯ: ވީނިއުސް

އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް އަދި ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒު ފުލުހުންގެ ކޮމާންޑް ސެންޓަރއަށް ބަދަލުކޮށްފިއެވެ.

ނަވާޒު ކުއްލި ގޮތަކަށް ކޮމާންޑް ސެންޓަރަށް ބަދަލު ކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރިއެވެ. ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކަށް ގެންނަ ބަދަލުގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ނުކުރެއެވެ.

ނަވާޒު ބަދަލުކޮށްފައި މިވަނީ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ގުޅޭ ގޮތުން "އޮޅިގެން" ފުލުހުންނަށް ކޯޓުގައި ދޮގު މައުލޫމާތު ދެވުނުކަމަށް އެއްބަސްވެފައިވާ ދަނޑިވަޅެއްގައެެވެ.