Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އައްޑޫގައި ޓްރޭނިން ހަދަމުން ދިޔަ ސިފައިންގެ މީހަކު މަރުވެއްޖެ

އެމްއެންޑީއެފް ޓްރެއިންގައި ހުއްޓާ މިއަދު ނިޔާވި މުހައްމަދު ހަބީބް

އަައްޑޫގައި ޓްރޭނިން ހަދަމުން ދިޔަ ސިފައިންގެ މީހަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ސިފައިން ތަމްރީނު ކުރުމަށް އައްޑޫގައި ކުރިއަށް ގެންދާ 58 ވަނަ ޓްރޭނިން ބުރުގެ ތެރޭގައި މިއަދު ހެނދުނު ކުއްލި ގޮތަކަށް މެރުވެފައި ވަނީ ސ. ފޭދޫ ދުންނިކަގޭ އިސްމާއީލް ހަބީބް 24، އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގެ ފުޓްބޯޅައިގައި ވެސް ހަރަކާތްތެރި ވަމުން ދިޔަ ހަބީބު މަރުވީ ޓްރޭނިން ތެރޭގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ސްވިމިން ސެޝަނެއް ނިންމާލި ތަނުން ކަމަށެވެ.

އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 11:00 ޖަހާއެހާކަށްހާ އިރު އެވެ.

އޮފިޝަލް ވިދާޅުވީ ހަބީބު މަރުވި ސަބަބެއް އަދި ސާފު ނުވާ ކަމަށެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ހަށިގަނޑު ބަލަމުން އަންނަ ކަމަށާއި މަރުވި ސަބަބެެއް އެނގޭނީ ޑޮކްޓަރުގެ ރިޕޯޓް ލިބުމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއަދު ކުއްލިގޮތަކަށް ނިޔާވި އިސްމައިލް ހަބީބްއަކީ އެފްއޭއެމްގެ ގްރޭޑް 2 ލެވެލް ރެފްރީއެކެވެ. އަދި އޭނާ އެމްއެންޑީއެފް އާއި ގުޅުނީ ވަރަށް ފަހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.