Last Updated: June 23, 20:16
Tuesday, June 23, 2026
ދުނިޔެ

ޓްރަމްޕް ބައިވެރިވާތީ ސޫދާން ރައީސް ސައުދީ ސަމިޓް ބޮއިކޮޓްކޮށްފި

ސޫދާނުގެ ރައީސް، އޮމަރް އަލް ބަޝީރް ސައުދީ އަރަބިއްޔާގައި ޑޮނަލްޑް ޓްރަމްޕް ބައިވެރިވާ އިސްލާމިކް ސަމިޓް ބޮއިކޮޓްކޮށްފި އެވެ.

ބައެއް މީޑިޔާ ރިޕޯޓުތަކުން ބުނެފައި ވަނީ އަލް ބަޝީރު ސަމިޓުގައި ބައިވެރިނުވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވާތީ އެވެ.

ނަމަވެސް ސޫދާނުން ބުނެފައި ވަނީ ރައީސް އަށް ބައިވެރިނުވެވެނީ އަމިއްލަ ސަބަބުތަކާ ގުޅިގެންނެވެ. އަދި ރައީސްގެ ބަދަލުގައި ސްޓޭޓް މިނިސްޓަރު ތާހާ ހުސައިން ބައިވެރިވެވަޑައިގަންނަވާނެކަމަށް ސޫދާން ސަރުކާރުން ބުނެފައިވެ އެވެ.

އިސްލާމީ 50 ގައުމެއްގެ ލީޑަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ މިސަމިޓުގައި ޝަރަފުވެރި މެހުމާނަކަށް ދައުވަތު އަރުވާފައި ވަނީ ޓްރަމްޕަށެވެ. އަދި މި ސަމިޓްގައި ޓްރަމްޕް ތަގުރީރު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެމެރިކާގެ ރައީސް ކަމާއި ޑޮނަލްޑް ޓްރަމް ހަވާލުވި ފަހުން މުސްލިމް ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާކޮށްފައިވާ އިރު ސޫދާން ވެސް ވަނީ މަނާ ކުރި ލިސްޓްގައި ހިމެނިފަ އެވެ.