މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 8 ގެ ފައިނަލްގެ ފުރަތަމަ ލެގް މިއަދު ހަވީރު އޮންނާނެ އެވެ.
މީދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ އައްޑޫގެ ޗެމްޕިއަން ފޭދޫ އާއި ފުވައްމުކަލުގެ ޗެމްޕިއަން ދޫނޑިގަމު ޓީމެވެ.
ފާއިތުވި އަހަރު ޒޯން 8 ގެ ޗެމްޕިއަން ފޭދޫ އިން މިނިވަން ޗެމްޕިއަންޝިޕް 2017 ގެ އައްޑޫ ސިޓީ ބުރުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

ފުވައްމުލަކު ދޫނޑިގަމު ޓީމް ޒޯން 8 ގެ ފައިނަލަށް ހޮވުނީ މިނިވަން ޗެމްޕިއަންޝިޕް ފުވައްމުލަކު ސިޓީގެ މުބާރާތުގައި ދަނޑިމަގު ޓީމާ ބައްދަލުކޮށް މޮޅުވެގެންނެވެ.
ފުވައްމުލަކުން މުބާރާތުގައި ބައިވެރިވެފައި ވަނީ ވެސް އެންމެ ދެ ޓީމުންނެވެ.