Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ސައުދީ ސަމިޓަށް ރައީސް ޔާމީން ސައުދީ އަށް

ސައޫދީ އަރަބިއްޔާގައި ބާއްވާ އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސައުދީއަށް ފުރާވަޑައިގެންފިއެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ޚާއްސަ މެހުމާނަކަށް މިސަމިޓުގައި ބައިވެރިވުމަށް ހަމަޖެހިފައިވާއިރު ސަމިޓުގެ ބޭނުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި ޢަރަބި އިސްލާމީ އުއްމަތާއި އެމެރިކާ އާ ގުޅިފައިވާ އެލަޔަންސްއެއް އުފެއްދުންކަމަށް ސައުދީއިން ހާމަކޮށްފައިވެއެވެ.

މުސްލިމް 50 އަށްވުރެ ގިނަ ގައުމުތަކުގެ ލީޑަރުން އެއްތަންވެ މި ސަމިޓުގައި ބައިވެރިވެ ތަގުރީރު ދިނުމަށް ހަމަޖެހިފައިވާއިރު މިސަމިޓުގައި ޓްރަމްޕްވެސް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަދި ހަމައެހެންމެ ރާއްޖެ ތަމްސީލު ކުރައްވައި ރައީސް ޔާމީންވެސް މިސަމިޓުގައި ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޔާމީނާއެކު މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވަނީ ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރު އެވެ.